އައްޑޫ ސިޓީ ކައުންސިލުގެ ދަށުން، ހިންގުން ވަކިކުރަން ބޭނުންވާކަމަށް ހުޅުދޫއާއި މީދޫއިން ނިންމިއިރު، ވަކި ކައުންސިލެއް ހަދަން ބޭނުން ނުުވާކަމަށް ފޭދޫގެ މެޖޯރިޓީއިން މިއަދު ވޯޓު ދީފިއެވެ.
ހެނދުނު 8:00 ޖެހިއިރު ވޯޓުލުން ފެށިއިރު، 4:00 ޖަހާއިރަށް ގިނަ ފޮށިތަކުގެ ވޯޓު ލުން ނިމި، ކިޔޫތައް ވަނީ ބަންދުކޮށްފައެވެ.
އެއަށްފަހު ވޯޓު ގުނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މިހާތަނަށް ގިނަ ފޮށިތަކެއް ގުނައިފައިވާއިރު، އެ ފޮށިތަކުގެ ނަތީޖާތައް ދައްކާ ގޮތުން ފޭދޫއިން ބޭނުންވަނީ، އައްޑޫ ސިޓީ ކައުންސިލުގެ ދަށުގައި އޮވެ، އިދާރީ ހިންގުން ކުރިއަށް ގެންދާށެވެ. ނަމަވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫއާއި، މީދޫއިން ބޭނުންވަނީ އެއްފަސްކޮށް އޮންނަ އެ ދެ ރަށުގައި ވަކި ދެ ކައުންސިލެއް ހަދައިގެން އިދާރީ ހިންގުން ކުރިއަށްގެންދާށެވެ.
ނަތީޖާތައް ދައްކާގޮތުން، ވޯޓު ލީ ޖުމްލަ މީހުންގެ 67 ޕަސެންޓަށްވުރެ ގިނަ މީހުން ހުޅުދޫ ވަކިވާން ފެންނަކަމަށް ވަނީ ބުނެފައެވެ. މީދޫ ވަކިވާން ފެންނަކަމަށް 82 ޕަސެންޓަށްވުރެ ގިނަ މީހުން ވޯޓުދިނެވެ. އަދި ފޭދޫ ވަކިވާން ބޭނުންނުވާކަަމަށް 70 ޕަސެންޓަށްވުރެ ގިނަ މީހުން ވޯޓު ދީފައިވެއެވެ.
ތަފްސީލް އަންނަނީ....