އެމްޕީއެލް ބަނދަރު ސަރަހައްދުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފި؛ ހަ މީހަކަށް އަނިޔާތަކެއް

ކޮޅުވެއްޓި ބަންޑުންޖަހާލައިފައި: އެ ހާދިސާގައި ތިން މީހަކަށް އަނިޔާވި -- ފޮޓޯ/ މެރިން ޕޮލިސް

މާލޭ، އެމްޕީއެލްއާ ދިމާ ބޭރުގައި މިއަދު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި، ހަ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އެމްޕީއެލްއާ ދިމާ ބޭރުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފައިވާ ކަމުގެ މައުލޫމާތު މިއަދު 15:44ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި ހަ މީހަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެއީ ދެ ބިދޭސީންނާއި ހަތަރު ދިވެހީން ކަމަށް ފުލުހުން ބުންޏެވެ.

އެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް މިހާތަނަށް ނުލިބެއެވެ.

https://sun.mv/212829

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ މަހު މެދުތެރޭގައި މޫސުން ގޯސްވެ، ކޮޅުވެއްޓިއެއް ބަންޑުންޖަހާލުމުގެ ސަބަބުން ދިވެއްސަކާއި ދެ ބިދޭސީން މަރުވެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް