ދިރާގުން ކުޅިވަރަށް ލޯބިކުރާ މީހުންނަށް ޚާއްސަކޮށްގެން، މީޑިއާނެޓް 'އަންލިމިޓެޑް ސްޕޯޓްސްޕާސް' ތައާރަފުކޮށްފިއެވެ.
ދިރާގުން ބުނި ގޮތުގައި މި ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ކުޅިވަރަށް ޚާއްސަ ޗެނަލްތައް ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.
އެގޮތުން މި ޚިދުމަތް މެދުވެރިކޮށް ދުނިޔޭގެ އެންމެ މަގުބޫލު މުބާރާތްތައް ކަމުގައިވާ ޕްރިމިއާ ލީގު، ޔޫއީއެފްއޭ ޗެމްޕިއަންސް ލީގު އަދި އެހެނިހެން ބޮޑެތި ފުޓްބޯޅަ މުބާރާތްތައް ވަގުތުން ބަލައިލެވޭނެއެވެ. މީގެ އިތުރުން ކްރިކެޓް، ވޮލީބޯޅަ، ބެޑްމިންޓަން، ޓެނިސް އަދި އިތުރު ކުޅިވަރުތައް ބަލައިލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވާނެއެވެ.
މި ޚިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް 450 ރުފިޔާއަށް އަންލިމިޓެޑް ސްޕޯޓްސްޕާސް އެކްޓިވޭޓް ކުރެވޭނެއެވެ. އަދި ޕެކޭޖަށް ފައިސާ ދެއްކުމަށް، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެ ކަސްޓަމަރެއްގެ ބިލާއެކު ފައިސާ ދެއްކޭއިރު ޕްރިޕެއިޑް ކަސްޓަމަރުންނަށް އެކައުންޓްގެ ބެލެންސް ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ދެއްކޭނެއެވެ.
ދިރާގުން ބުނީ މިއީ ދިރާގު އެޕް މެދުވެރިކޮށް މީޑިއާނެޓްގެ ޕެކޭޖެއް އެކްޓިވޭޓްކުރެވޭ ގޮތަށް ތައާރަފުކުރި ފުރަތަމަ ޚިދުމަތް ކަމަށެވެ. އަދި މި ޕެކޭޖް އެކްޓިވޭޓް ކޮށްގެން މެއި 31، 2026ގެ ނިޔަލަށް މި ޚިދުމަތް ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ދަނީ އެންމެ ފަހުގެ މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި ތަފާތު ގިނަ ޚިދުމަތްތައް ހެޔޮ އަގުގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ޚާއްސަކޮށްގެން ފޯރުކޮށްދެމުންނެވެ.