މަސްތުވާތަކެތީގެ 3 ބާވަތަކަށް ޕޮސިޓިވް: އެދުނީ އޯޓިސްޓިކް ކުއްޖަކު ހުންނާތީ މިނިވަން ކޮށްދޭން!

26 ނޮވެމްބަރ 2020: މަސްތުވާތަކެތީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ވެރިރަށް މާލޭގައި، މަސްތުގެ "އައްޑާ"ތައް ދަނީ ގިނަވަމުންނެވެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި ދިވެއްސަކު, އޭނާ އޯޓިސްޓިކް ކުއްޖަކު ބަލަން ޖެހޭތީ ކަމަށް ބުނެ, ޖަލު ބަންދުން މިނިވަން ކޮށްދޭން އެދެފިއެވެ.

މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް, ކްރިމިނަލް ކޯޓަށް އިއްޔެ ބަންދުގެ މުއްދަތު ޖެހުމަށް ހާޒިރުކޮށްފައިވަނީ މާލެއަށް ނިސްބަތްވާ 43 އަހަރުގެ ފިރިހެނެކެވެ.

ކޯޓުގައި ފުލުހުންގެ އިންވެސްޓިގޭޓިވް އޮފިސަރު ބުނެފައިވަނީ ތުހުމަތު ކުރެވޭ މީހާގެ ކުޑަކަމުދާތަކެތި ޓެސްޓް ކުރުމުން މަސްތުވާތަކެތީގެ ތިން ބާވަތަކަށް ޕޮސިޓިވް ވެފައިވާ ކަމަށެވެ.

ތުހުމަތު ކުރެވޭ މީހާ ކޯޓުގައި ބުނެފައި ވަނީ އޭނާ ބަލަން ޖެހޭ ކުޑަ ދެ ކުދިން އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި އޯޓިސްޓިކް ކުއްޖަކު ހިމެނޭ ކަމަށް ވެސް ބުންޏެވެ.

މިއީ މީނާގެ ފުރަތަމަ ކުށް ކަމަށް ބުނެ ބަންދަށް ލުޔެއް ދިނުމަށް އޭނާ ވަނީ ކޯޓުގައި އެދިފައެވެ.

ނަމަވެސް އިސް ގާޟީ އާދަމް މުހައްމަދު ނިންމެވީ އޭނާ ޖަލު ބަންދަށް 10 ދުވަސް ޖެހުމަށެވެ. ކޯޓުން ކަނޑައަޅާފައިވަނީ އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ.

comment ކޮމެންޓް