ކޮންސްޓްރަކްޝަން ބައެއް ކުންފުނި ހިމެނޭހެން، ޓެކްސް ބަޔާން ހުށަނާޅާ 48 ކުންފުންޏެއްގެ ނަން މީރާއިން އާންމުކޮށްފި

މީރާ ޓެކްސް ޕޭޔާ ސާވިސް ސެންޓަރު: 2024ގެ ނިޔަލަށް 48 ފަރާތަކުން ޓެކްސް ބަޔާން ނުދައްކައި އޮތް އިރު، މީރާއިން އެ މައުލޫމާތު އާންމުކުރީ އިއްޔެ --

ދެހާސް ސައުވީސް ވަނަ އަހަރުގެ ނިޔަލަށް ޓެކްސް ބަޔާން ހުށަނާޅާ 48 ކުންފުންޏެއްގެ ނަން މީރާއިން ވަނީ އާންމުކޮށްފައެވެ. މި ލިސްޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ކޮންސްޓްރަކްޝަން ކުންފުނިތައް ހިމެނޭކަން ފާހަގަކުރެވެއެވެ. މީރާއިން މި ފަރާތްތަކުގެ ނަން އާންމުކޮށްފައިވަނީ އެ ފަރާތްތަކަށް ފޯނުން ގުޅައި އަދި އެސްއެމްއެސް މެދުވެރިކޮށް އަންގައި، ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނުމަށްފަހުގައެވެ. ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އިތުރު ފިޔަވަޅުތައް އަޅާނެކަމަށް މީރާއިން ވަނީ ބުނެފައެވެ.

  • 2024 ވަނަ އަހަރުގެ ނިޔަލަށް 48 ކުންފުންޏަކުން ޓެކްސް ބަޔާން ހުށަހަޅާފައިނުވޭ.
  • އާންމުކުރި ލިސްޓުގައި ރިސޯޓުތަކާއި ކޮންސްޓްރަކްޝަން ކުންފުނިތައް ހިމެނޭ.
  • ނަންތައް އާންމުކުރީ ފޯނުންނާއި އެސްއެމްއެސް އިން އެންގުމަށްފަހު.
  • ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މީރާއިން އިތުރު ގާނޫނީ ފިޔަވަޅު އަޅާނެ.

ރިސޯޓުތައް ހިންގާ ބައެއް ކުންފުނިތަކާއި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ބައެއް ކުންފުނި ހިމެނޭހެން، 2024ގެ ނިޔަލަށް ޓެކްސް ބަޔާން ހުށަނާޅާ 48 ކުންފުންޏެއް ޓެކުހާ ބެހޭ އިދާރާ މީރާއިން އިއްޔެ އާންމުކޮށްފިއެވެ.

މީރާއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، 2024ވަނަ އަހަރުގެ ނިޔަލަށް 48 ފަރާތަކުން ޓެކުހުގެ ބަޔާން ދައްކާފައިނުވެއެވެ.

އޭގެ ތެރޭގައި އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި، ސައުތު ޕާމް މޯލްޑިވްސްއާއި، ސެންޓުގެ ވިޔަފާރިކުރާ ޕޮއިސް ޑިސްޓްރިބިއުޓާސް ކުންފުންޏާއި، ޕްލުމޭރާ ހޮޓެލްސް އެންޑް ރިސޯޓްސްއާއި، ކޮމްޕިއުޓަރުގެ ވިޔަފާރިކުރާ މެގަޗިޕް އިލެކްޓްރޯނިކްސް ކުންފުންޏާއި، ހާޑްވެއާ ސާމާނުގެ ވިޔަފާރިކުރާ އޭއެޗް ބްރަދާސް ހިމެނެއެވެ.

މި ފަރާތްތަކުން 2024ގެ ނިޔަލަށް ޓެކުހުގެ ބަޔާން ހުށަނާޅާ އޮތް ކަމަށް މީރާއިން މިއަދު އާންމުކުރި މައުލޫމާތުގައި އޮތްއިރު، 2025ވަނަ އަހަރުން ފެށިގެން މިދިޔަ މާރިޗު މަހުގެ ނިޔަލަށް ޓެކުހުގެ ބަޔާން ހުށަހެޅީ ކިތައް ކުންފުނިންކަން ސާފެއް ނޫނެވެ.

މީރާއިން ބުނީ، މި ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން، ޓެކްސް ނުދެއްކުމުގެ ސަބަބުން ގާނޫނީގޮތުން އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށާއި، ފޯނުގެ ޒަރިއްޔާއިން ގުޅައި އެސްއެމްއެސް މެދުވެރިކޮށް ހަނދާންކޮށްދީފައި ވެސް ވާނެ ކަމަށެވެ.

އެ އިދާރާއިން ބުނީ، ދައުލަތަށް ލިބެންޖެހޭ ޓެކުހާއި ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

comment ކޮމެންޓް