ސިދާތް އާއި ކިއާރާ ޗުއްޓީއަށް ރާއްޖޭއަށް

އިންޑިއާގެ ފިލްމީ ތަރި ސިދާތު މަލްހޯތުރާ ރާއްޖޭގައި -- ފޮޓޯ/ އިންސްޓަގްރާމް

ބޮލީވުޑްގެ އެންމެ މަގުބޫލު ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ ސިދާތް މަލްހޯތްރާ އާއި ކިއާރާ އަދުވާނީ ވަނީ އެ މީހުންގެ އަލަތު ދަރިފުޅާއެކު ރާއްޖޭގެ ދަ ނޯޓިލަސް ރިސޯޓުގައި ޗުއްޓީ ހޭދަކޮށްފައެވެ. މިއީ 2021 ވަނަ އަހަރަށްފަހު މި ދެ ތަރިން އެކީގައި ރާއްޖެ އައި ފުރަތަމަ ފަހަރެވެ. ސިދާތް ވަނީ ރިސޯޓުގައި ނަގާފައިވާ އުފާވެރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ދެ ތަރިންގެ ކުރިއަށް ހުރި ފިލްމުތައްވެސް ވަރަށް އަވަހަށް ބެލުންތެރިންނަށް ފެނިގެންދާނެއެވެ.

  • ސިދާތް އާއި ކިއާރާ ޗުއްޓީ ހޭދަކުރީ ދަ ނޯޓިލަސް ރިސޯޓުގައެވެ.
  • މި ދަތުރުގައި އެ މީހުންގެ އަލަތު ދަރިފުޅުވެސް ބައިވެރިވިއެވެ.
  • މީގެ ކުރިން 2021 ވަނަ އަހަރުވެސް މި ދެމަފިރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
  • ސިދާތްގެ ކުރިއަށް އޮތް ފިލްމަކީ ވީވަން ފޯސް އެވެ.
  • ކިއާރާ އެންމެ އަވަހަށް ފެންނާނީ ޓޮކްސިކް އިންނެވެ.

ބޮލީވުޑްގެ އެންމެ މަގުބޫލު ފިލްމީ ތަރިންގެތެރޭ ހިމެނޭ ސިދާތް މަލްހޯތްރާ އާއި ކިއާރާ އަދުވާނީގެ ދެމަފިރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފިއެވެ.

ބެލެވޭ ގޮތުގައި ސިދާތު އާއި ކިއާރާ އަލަތު ދަރިފުޅާ އެކު ރާއްޖެ އައީ މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ. ސިދާތުއާ އެކު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގައި ނަގާފައިވާ ފޮޓޯތަކެއް އެއާޕޯޓުގެ މުވައްޒަފަކު ވެސް ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ.

ސިދާތު ވަނީ އެ މީހުން ޗުއްޓީ ހޭދަކުރި ދަ ނޯޓިލަސް ރިސޯޓުގައި ނަގާފައިވާ ފޮޓޯތަކެއް މިރޭ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަންހެނުން އަދި ބަތަލާ ކިއާރާ ވެސް ފެންނަ މި ފޮޓޯތައް ހިއްސާކުރަމުން ސިދާތު ބުނީ، ރާއްޖޭއަށް ކުރި ދަތުރުގައި އެ މީހުން ބޭނުންވި ކަހަލަ އުފާވެރި ހިތްހަމަޖެހޭ 'ވައިބް' ކަވަ ކުރެވުނު ކަމަށެވެ.

ސިދާތު އާއި ކިއާރާ ރާއްޖޭގެ ދަ ނޯޓިލަސް ރިސޯޓުގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމާ

ސިދާތު އާއި ކިއާރާ އެކީގައި އެންމެފަހުން ރާއްޖެ އައިސްފައި ވަނީ 2021ވަނަ އަހަރުއެވެ. އޭރު ދެ ތަރިން ޗުއްޓީ ހޭދަކޮށްފައި ވަނީ ސޮނެވާފުށީގައެވެ.

އިންޑިއާގެ މީޑިއާތަކުގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ ދެމަފިރިންނަކީ ވަރަށް ޕްރައިވެޓް ނުވަތަ ސިއްރު ދިރިއުޅުމަކަށް ލޯބިކުރާ ދެމަފިރިންނެވެ.

ދެ ތަރިން ކައިވެނިކޮށްފައި ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ފަހުން 2023ގައެވެ. ސިދާތު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަހަރުގެ އޮގަސްޓް މަހު ރިލީޒްކުރާ ފިލްމު "ވީވަން-ފޯސް"އިންނެވެ.

ބަތަލާ ކިއާރާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނެ ފިލްމަކީ، ރިލީޒްކުރުން ދާދިފަހުން ފަސްކުރެވުނުކަން އިއުލާނުކޮށްފައިވާ ކަންނާޑާ ފިލްމު "ޓޮކްސިކް"އިންނެވެ.

comment ކޮމެންޓް