ބެލުންތެރިންގެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އިންޑިއާގެ ބަތަލާ ރަޝްމިކާ މަންދަނާގެ ތާރީޚީ އެކްޝަން ތުރިލާ "މައިސާ"ގެ ޓީޒާ ދައްކާލައިފިއެވެ.
މި ފިލްމަކީ ފުން އަސަރުތަކާއި ބަދަލުތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވަރުގަދަ ސިނަމެޓިކް ތަޖުރިބާއަކަށް ވާނެކަމަށް ޓްރެއިލާ ބެލި ގިނަބަޔަކު ވަނީ ބުނެފައެވެ.
އިންޑިއާގެ ސިނަމާތަކުގައި އާންމުކޮށް އަންހެން ބަތަލާއިންނަށް ނުލިބޭ ފަދަ ގޮންޖެހުން ބޮޑު ރޯލަކުން ރަޝްމިކާ ފެނިގެންދާއިރު، މި ފިލްމަށްޓަކައި އޭނާ ވެފައިވާ ގުރުބާނީ އާއި ބުރަ މަސައްކަތް ޓީޒާގެ ފުރަތަމަ ފެނިލުމުން ވެސް ފާހަގަކުރެވެއެވެ. ކަށިކުނބުރު ޖަންގަލިތަކުގެ ތެރޭގައްޔާއި، ފެނުގެ އަޑީގައްޔާއި، އަދި ޗަކަބިންތަކުގައި ހަނގުރާމަކޮށް ފިރިހެނުންނާ ދެކޮޅަށް ރަޝްމިކާ ދޭ ވަރުގަދަ ޙަމަލާތަކަކީ، ޢާންމުކޮށް އޭނާ ފެންނަ ރޯލުތަކާ މުޅިން ތަފާތު، ބެލުންތެރިން ހައިރާންކޮށްލާ ފަދަ މަންޒަރުތަކެކެވެ.
އެކްޝަން ތުރިލާ "މައިސާ"ގެ ޕޯސްޓަރުތަކެއް--ފޮޓޯ/އިންޑިއާޓުޑޭނޭވާ ހިފަހައްޓާލަންޖެހޭ ފަދަ ހަލުވި އަދި ފުރިހަމަ އެކްޝަން މަންޒަރުތަކެއް މި ޓީޒާގައި ހިމެނޭއިރު، ޚާއްސަކޮށް ފެނުގެ އަޑީގައި އޮވެ ދުޝްމަނުންނަށް ރައްދުދޭ މަންޒަރުން ދައްކުވައިދެނީ ހަމައެކަނި މާރާމާރީއެއް ނޫން ކަމަށާއި އެއީ ބަތަލާގެ ކެރެކްޓަރުގެ ހަރުދަނާކަމާއި ސީރިއަސް މިޒާޖު ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.
ފިލްމު އިއުލާންކުރިއިރު ވައުދުވި ފަދައިން، މި ޓީޒާއިން ފެންނަނީ މުޅިން އާ ރަޝްމިކާއެކެވެ. ޓީޒާގައި އޭނާ ސިފަކޮށްފައިވަނީ 'ހަނގުރާމައެއްގެ ނަތީޖާ ބަދަލުކޮށްލުމުގެ ޤާބިލުކަން ލިބިފައިވާ ނުރައްކާތެރި ހަތިޔާރެއްގެ' ގޮތުގައެވެ. މިއީ ރަޝްމިކާގެ ރޯލުގެ ބުރަދަން ހާމަކޮށްދޭ އަސަރުގަދަ ސިފަކުރުމެކެވެ.
މީގެިއތުރުން ރަޝްމިކާއަކީ މި ފިލްމުގައި ހިމަނާފައިވާ އެކްޝަން މަންޒަރުތަކުގެ މައިބަދަކަމަށް ބެލުންތެރިންވަނީ ސިފަކޮށްފައެވެ. ކާމިޔާބު ފިލްމު "އެނިމަލް" ފަދަ ފިލްމުތަކުން ރަޝްމިކާގެ އެކްޓިން ހުނަރު ފެނިފައިވީ ނަމަވެސް، "މައިސާ" އަކީ އޭނާގެ ކެރިއަރުގައި ޖިސްމާނީ ގޮތުން އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާފައިވާ ފިލްމެވެ.
ޑައިރެކްޓަރު ރަވިންދްރާ ޕުއްލޭގެ ފުރަތަމަ ފީޗާ ފިލްމު ކަމަށްވާ "މައިސާ"ގެ ސްކްރީންޕްލޭ ލިޔެފައިވަނީ އޭނާއާއި ރާޖްކުމާރު ކަންދަމޫޑީއެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން އީޝްވަރީ ރާއޯ، ރާހުލް ރަވިންދްރަން، ސަމުތިރަކަނީ، ރާއޯ ރަމޭޝް، ޝިވާ ކަންދުކޫރީ، ކާތިކް ރަންޖިނީ، ތާރަކް ޕޮންނައްޕާ އަދި ނިދީ ސިންގް ފަދަ ފަންނާނުން ފެނިގެންދާނެއެވެ.
ފިލްމު "މައިސާ" ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.