ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރުގެ ދެވަނަ ޚިތާނީ ކޭމްޕަށް ރަޖިސްޓްރީ ކުރަން ހުޅުވާލައިފި

ޖޫން 30، 2021: ހިތާނީ މޫސުމަށް ޓްރީޓޮޕް ތައްޔާރަށް: ޓްރީޓޮޕް ހޮސްޕިޓަލުގެ ޕޭޝަންޓް ރޫމެއްގައި ގެސްޓަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރީ ޓޮޕް ހޮސްޕިޓަލުން މި އަހަރުގެ ދެވަނަ ޚިތާނީ ކޭމްޕްގައި ރަޖިސްޓަރު ކުރުމަށް ހުޅުވާލައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ މި ކޭމްޕުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން އާންމުކޮށްފައިވާ ޚިތާނީ ކޭމްޕްގެ ތަފުސީލް:

  • ކޮންސަލްޓޭޝަން ތާރީޚް: ތިނެއް ޑިސެންބަރުން ހަތެއް ޖަނަވަރީއަށް
  • ޕްރޮސީޖާ ތާރީޚް: 12 ޑިސެންބަރުން 11 ޖަނަވަރީއަށް

ޚިތާނީ ޕެކޭޖްގައި ހިމެނެނީ:

• ޔޫރޮލޮޖިސްޓް އަދި އެނެސްތީސިއޮލޮޖިސްޓުން، އޮޕަރޭޝަނުގެ ކުރިން ބެއްލެވުން
• ޕްރޮސީޖާއާ ގުޅޭ އާންމު ލެބޯޓަރީ ޓެސްޓްތައް
• ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ޚިތާނުކުރުން
• އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް
• އޮޕަރޭޝަނަށްފަހު ޑޭކެއާގައި މޮނިޓާ ކުރުން
• ފޮލޯއަޕް ކޮންސަލްޓޭޝަން
• އޮޕަރޭޝަނަށްފަހު ލުއި ކެއުން
• ޚާއްސަަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު

އެ ހޮސްޕިޓަލުން ބުނި ގޮތުގައި މި ކޭމްޕުގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އޮޕަރޭޝަން ފަރުވާއަށް ޚާއްސަވެފައިވާ ޑޮކްޓަރުންނާއި، ކުޑަކަމުދާ ނިޒާމުގެ ޚާއްސަ ޑޮކްޓަރުން ހިމެނޭ ގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމެކެވެ.

މި ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންގެ ތެރޭގައި:

  • ޑރ. ޝަރީފް
  • ޑރ. އޯޑާ
  • ޑރ. އުބައިދް
  • ޑރ. މޫމިން
  • ޑރ. ހުސެއިން

ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ، އެންމެ މަތީ ފެންވަރުގެ ފަރުވާ ކަށަވަރުކުރުމަށްޓަކައި، އޮޕަރޭޝަންތައް ހިންގާނީ ކުދިންނަށް ހިތްހަމަޖެހޭނެ ގޮތަށް ޚާއްސަކޮށްފައިވާ މާހައުލެއްގައި ކަމަށާއި، މި ކޭމްޕަކީ ބެލެނިވެރިންނަށް އިތުބާރު ކުރެވޭނެ އަދި ކުދިންނަށް ފަސޭހަ ތަޖުރިބާއެއް ލިބިގެންދާނެ ޕްރޮގްރާމެއް ކަމަށް ބުނެފައެވެ.

ޓްރީ ޓްޕް ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ހޮސްޕިޓަލުގެ ނަމްބަރު، 3351610 އަށް ގުޅައި ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

comment ކޮމެންޓް