ބިޔަރު ދަޅު ކޭހަކާ އެކު ހުޅުމާލެއިން ޒުވާނަކު ހައްޔަރު ކޮށްފި

ސައިކަލަކަށް އަރުވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ބިޔަރުދަޅުކޭސް: ފޮޓޯ--ޕޮލިސް

ބިޔަރު ދަޅު ކޭހަކާ އެކު ހުޅުމާލެއިން ޒުވާނަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ބިޔަރު ދަޅުކޭހަކާއެކު އުމުރުން 19 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުން މިދިޔަ ހޯމަދުވަހުގެރޭ 8:00 ހާއިރު ކަމަށެވެ.

ހުޅުމާލޭ ޕެޓްރޯލު ކުރަމުން ދިޔަ ފުލުހުން އެމީހާ ހައްޔަރުކޮށްފައިވަނީ ސައިކަލަކަށް ބިޔަރު ކޭހެއް އަރުވާތަން ފެނިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހާގެ މައްސަލަ ތަހުގީގުކުރަމުން ދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ފަސް ދުވަސް ޖަހާފައިވާ ކަމަށެވެ.

comment ކޮމެންޓް

comment ރުޒާން

10 year 8 month ago

ގެސްޓް ހައުސް އަޅައިދިން އަންނިއަށް ޝުކުރިއްޔާ... އަތްފޯރާ ފަށަށް ޒުވާނުންނަށް ތިޔަތަކެތި ލިބޭގޮތް ހަދައިދިނީ އެމަނިކުފާނު. ބޯހަލާކު...