ގައުމީ އީ-ސްޕޯޓްސް ޓީމު ޖަކާޓާއަށް ފުރަނީ، ޓީމަށް ޖާޒީ ހަވާލުކޮށްފި

ގައުމީ އީ-ސްޕޯޓްސް ޓީމު، ސްޕޯޓްސް ކޮމިޝަނަރު ނަޝީދާއެކު: ޖަކާޓާގައި މި މަހު ކުރިއަށްދާ އީ-ސްޕޯޓްސް ވޯލްޑް ޗެމްޕިއަންޝިޕްގައި 37 ގައުމަކުން ޖުމްލަ 479 ބައިވެރިން ވާދަކުރޭ --- ސަން ފޮޓޯ/ ރިފްޝާން

އިންޓަނޭޝަނަލް އީ-ސްޕޯޓްސް ފެޑެރޭޝަން (އައިއީއެސްއެފް) އިން އިންތިޒާމްކޮށްގެން މި މަހު އިންޑޮނޭޝިއާގެ ޖަކާޓާގައި ކުރިއަށްގެންދާ އީ-ސްޕޯޓްސް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ އީ-ސްޕޯޓްސް ޓީމަށް ޖާޒީ ހަވާލުކޮށްފި އެވެ.

ޖަކާޓާގައި ކުރިއަށްގެންދާ އީ-ސްޕޯޓްސް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމަށް ޖާޒީ ހަވާލުކޮށްފައިވަނީ މިއަދު މެންދުރުފަހު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ގައުމީ އީ-ސްޕޯޓްސް ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ޖަކާޓާގައި މި މަހު ކުރިއަށްދާ އީ-ސްޕޯޓްސް ވޯލްޑް ޗެމްޕިއަންޝިޕްގައި 37 ގައުމަކުން ޖުމްލަ 479 ބައިވެރިން ވާދަކުރޭ --- ސަން ފޮޓޯ/ ރިފްޝާން

އެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ޖަކާޓާ އަށް ފުރާ ޓީމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖާޒީ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް އަހްމަދު ނަޝީދު (ޑޭވް) އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ކުޅިވަރަކުން އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި ޔޫތު މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށާއި އީ-ސްޕޯޓްސް ގައުމީ ޓީމުން އެހީތެރިކަމަށް އެދިފައިވަނީ މުބާރާތް ފަށަން ވަރަށް ކުޑަތަން ވެފައި ވަނިކޮށް ކަމަށެވެ. އަދި މުބާރާތުގައި ވާދަކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް އޭނާ އެދިލެއްވިއެވެ.

ރާއްޖޭގެ އީ-ސްޕޯޓްސް އެސޯސިއޭޝަންގެ ރައީސް އިސްމާއިލް އަޒްމީ ވިދާޅުވީ، ރާއްޖޭން މުބާރާތުގައި ވާދަކުރާނީ ޓީމް ގޭމެއްގައި ކަމަށާއި މިއީ ބައިނަލްއަގުވާމީ މުބާރާތެއްގެ ކައުންޓާ ސްޓްރައިކް ގޭމްގައި ރާއްޖޭން ވާދަކުރާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިނިސްޓްރީގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް އަޒްމީ ވަނީ ޝުކުރު އަދާކޮށްފައެވެ.

ގައުމީ އީ-ސްޕޯޓްސް ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ޖަކާޓާގައި މި މަހު ކުރިއަށްދާ އީ-ސްޕޯޓްސް ވޯލްޑް ޗެމްޕިއަންޝިޕްގައި 37 ގައުމަކުން ޖުމްލަ 479 ބައިވެރިން ވާދަކުރޭ --- ސަން ފޮޓޯ/ ރިފްޝާން

ރާއްޖޭން ވަނީ މިދިޔަ އަހަރު ރާއްޖޭގައި ކުރިއަށްދިޔަ ވޯލްޑް ޗެމްޕިއަންޝިޕްގައި ބޮޑު ކާމިޔާބެއް ހޯދައިފައެވެ. އެ ފަހަރު މުބާރާތުގެ 'ފީފާ' ޓައިޓަލްގައި ވާދަކޮށް، ރާއްޖޭގެ މުހައްމަދު ޒަމީލް ޒިހުނީ ވަނީ ދެ ވަނަ ހޯދައިފައެވެ. އަދި 2013 ވަނަ އަހަރު ފީފާ ޓައިޓަލްގައި ވާދަކޮށް، ރާއްޖޭގެ އަބްދުﷲ އާސިފް މުސްޠަފާ ވަނީ އޭޝިއާ ރޭންކިންގެ ފަސް ވަނަ ހޯދައިފައެވެ.

މި ފަހަރު ރާއްޖޭން ވާދަކުރާ 'ކައުންޓާ ސްޓްރައިކް: ގްލޯބަލް އޮފެންސިވް' ގޭމަކީ ދިވެހިންގެ ތެރޭގައި މަގުބޫލު ގޭމެކެވެ. އެ ގޭމުގައި ރާއްޖޭން ވާދަކުރާ ޓީމުގައި ޖުމްލަ ހަތް ކުޅުންތެރިން ހިމެނެ އެވެ. އެއީ އަލީ ނިޒާމް ބަޝީރާއި، އިބްރާހިމް އީމާން އާއި، އަހްމަދު ޒުހާލް އިބްރާހީމާއި، އަހްމަދު އަބްޝަރު ރަޝީދާއި، އަހްމަދު ޒީކް މުހައްމަދާއި، އަލީ އަހުސަން ސައީދު އަދި އިބްރާހިމް ޔަޝާއު އެވެ. ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އަލީ ނިޒާމް ބަޝީރެވެ.

ގައުމީ އީ-ސްޕޯޓްސް ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ޖަކާޓާގައި މި މަހު ކުރިއަށްދާ އީ-ސްޕޯޓްސް ވޯލްޑް ޗެމްޕިއަންޝިޕްގައި 37 ގައުމަކުން ޖުމްލަ 479 ބައިވެރިން ވާދަކުރޭ --- ސަން ފޮޓޯ/ ރިފްޝާން

މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ޖަކާޓާގައި ކުރިއަށްދާ އަށް ވަނަ އީ-ސްޕޯޓްސް ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ގައުމީ ޓީމު މިއަދު ފުރާނެ އެވެ. އެ ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

މި ފަހަރު ޖަކާޓާގައި ބާއްވާ އީ-ސްޕޯޓްސް ވޯލްޑް ޗެމްޕިއަންޝިޕްގައި 37 ގައުމަކުން ޖުމްލަ 479 ބައިވެރިން ވާދަކުރެ އެވެ.

comment ކޮމެންޓް

comment ދައްތަ

9 year 8 month ago

ކަމިޔާބީ އަަކަށް އެދެން