ހއ. ހޯރަފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޓީސީއާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ކޮންސްޓަރަކްޝަން މިނިސްޓްރީ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓާ އޮފް ސްޓޭޓް އިސްމާޢީލް ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.
މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފައްޓައިވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެވެ.
މި ރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލް ރައީސް މުޙައްމަދު ވަޙީދާއި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ހޯރަފުށި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫގެ ފުރަތަމަ ފިޔަވަހީގެ ދަށުން ވަނީ އެ ރަށުގެ 12 މަގެއްގައި ތާރު އަޅާފައެވެ.
comment ފުރަތަމަ
1 year 2 month ago
ރަސޫލާ (ޞއވ) އަށް ފުރައްސާރަ ކުރެވުނު ހިނދު، އެކަލޭގެފާނުގެ ދިފާއުގައި ގަރާރެއް ފާސްކުރަން އިދިކޮޅުހެދި ފިކުރަކަށް އަދި މެމްބަރަކަށް އެނގިހުރެ ވޯޓްދީގެން ﷲގެ ހަޟްރަތުގައި ޖަވާބުދާރީވާން އަހަރެން ބިރުގަނޭ. އެންމެ ފުރަތަމަ ދީން. ދުނިޔޭގައިވާ އެއްވެސް އެއްޗަކަށްވުރެ ﷲއާއި ރަސޫލާ އިސްނުކުރެވޭހާ ހިނދަކު އީމާންކަން ފުރިހަމަވެގެން ނުވެ. ބަނދަރާ، ފްލެޓާ، މަގު ފަދަ މާއްދީ ކަންކަމަށް އަހަރެން ބަލާނީ ދީނަށްފަހު. މީސްތަކުންނޭޥެ! ﷲއަށް ބިރުވެތިވާށެވެ!
comment އިހަވަންދޫ މީހާ
1 year 2 month ago
މުއިޒް ސަރުކާރުންދަނީ އިހަވަންދޫ ރައްޔިތުންނަށް ޖެއްސުން ކުރަމުން ، މިހާރު އިހަވަންދޫގައި މަގުހަދަން ފަށާފައި އެތަކެއް ޖަމާނެއް ، އަދި ވެސް އެއްމަގެއްގައި ވެސް ތާރު އެލޭކަމަކަށް ނުވޭ