އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންނަ އަހަރަށް 114.4 މިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެ ގޮތަށް ބަޖެޓު ފާސްކޮށްފައިވަނީ މާލިއްޔަތު ކޮމިޓީން ނިންމި ގޮތަށް އިތުރު އެއްވެސް ބަދަލެއް ނުގެނެހެވެ.
ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުމުގެ ކުރިން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓު ހުށަހަޅަންޖެހޭނެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި ބަޖެޓަށް މާލިއްޔަތު ކޮމިޓީން ގެނައި ބަދަލުތަކާ އެކު މަޖިލީހަށް ހުށަހަޅާފައެވެ. އެ ގޮތުން، މަޖިލީހަށް ހުށަހެޅީ 114،497،312 ރުފިޔާގެ ބަޖެޓެކެވެ.
އޭގެ ތެރެއިން ރިކަރަންޓު ޚަރަދުގެ ޖުމުލައަކީ 80 މިލިއަން ރުފިޔާއެވެ.
މާލިއްޔަތު ކޮމިޓީން އެ ބަޖެޓު ފާސްކުރީ ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލިސް: މަޖިލީހުން ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހަށް 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައި -- ފޮޓޯ/ މަޖިލިސް
މަޖިލީހަށް މިއަދު އެ ބަޖެޓު ހުށަހެޅުމުން މަޖިލީހުގެ ތަޅުމުގައި ވެސް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓާ ގުޅޭ ގޮތުން ބަހުސްކުރެއްވީ މަދު މެންބަރެކެވެ.
ފާހަގަކޮށްލެޥޭ ގޮތުގައި ނާޒިލް ވެސް ވަނީ މާލިއްޔަތު ކޮމިޓީން ނިންމި ގޮތަށް އޮޑިޓް އޮފީހުގެ ބަޖެޓު ފާސްކުރަން ތާއީދުކުރައްވާފައެވެ.
އޮޑިޓް އޮފީހުގެ ބަޖެޓު ފާސްކުރަން މަޖިލީހުގެ ތަޅުމުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެން 75 މެންބަރުންގެ އިއްތިފާގުން ވަނީ އެ ބަޖެޓު ފާސްކޮށްފައެވެ.
comment ސާމް
9 month 4 week ago
އޮޑިޓަރުން ކަނީ ރަނާއި ޔާގޫތާއި ޖަވާހިރުތޯ..؟
comment ބިޒް
9 month 4 week ago
މަޖިލިސް މެމްބަރުން އެމީހުންގެ ޒިންމާ އަދާ ނުކުރާކަން އެބަ ހާމަވޭ.. ތިހާ ބޮޑު ބަޖެޓެއް އޮޑިޓުކޮއްލަންށޭ ކިޔާފަ ޚަރަދުވޭތޯ.؟
comment ވުޝޭ
9 month 4 week ago
ކަލޭމެން އޮޑިޓު ކުރަނީ ރަން އިލޮށިންތަ..؟
reply ދެރައީމިހެންވެ
9 month 4 week ago
ރަންއިލޮށިންވިޔަސް އޮޑިޓްކުރާނަމަ ރަގަޅޭ. މައްސަލައަކީ ގާނޫނުގައި ބުނާ މުއްދަތުތައް ފާއިތުވެގެންދާއިރު، އޮޑިޓްރިޕޯޓަކާ އޮޑިޓްރިޕޯޓެއް ކިޔާފައި އެއްދަތުރަށްފަހު އަނެއްދަތުރުގައި ދުނިޔެވަށާ ބުރުޖަހަން އިސްބޭފުޅުން ތިބޭއިރު މަޖިލީހުގެ ކަމާބެހޭ ކޮމިޓީންވެސް ހޭ ވެސް އަހައިނުލާކަން. އަދިހަމަ ހުށަހެޅިކަމެއްނޭގި އަވަސްއަވަހަށް ބަޖެޓުވެސް ފާސްކޮށްލައިދިނުން. ރަގަޅު، އޭރުންތާ ތިމާއަށް އެއްޗެއް ލިބެން އަންނަ ދަޑިވަޅުގައިވެސް ފައްސިރާއޭ ލިބޭނީ.
comment ޝަމް
9 month 4 week ago
އޮޑިޓް އޮފީހުގެ ޚަރަދު ބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ. 55 މިލިޔަން ރުފިޔާގެ ބަޖެޓަކުން ތިކަން ނުކުރެވެންވީ ސަބަބެއް ނެތް. ޚަރަދު ކުޑަ ނުކުރެވެންޏާ މިހާރު އޮތް އޮޑިޓް އޮފީސް އުފާލާފަ އެޔަށް ވުރެ އެފިޝެންޓު އިދާރާއަކާއި އަދި މައްސޫލުވެރިންތަކަކާއި މުއައްޒަފުންތަކެއް ހޯދަން އެބަޖެހޭ.
comment ސިލް
9 month 4 week ago
އޮޑިޓު ކުރަން ތިހާ ބޮޑު ޚަރަދެއް މިހަތަރު ލައްކަ ކިރިޔާ ހަމަވާ އާބާދީއެއްގެ ސަރުކާރަށް ބޭނުންވޭތަ.؟ ކީއްވެތޯ ގިނަވެގެން 30 މިލިޔަން ރުފިޔާގެ ބަޖެޓަކުން ދައުލަތުގެ އޮޑިޓު ނެހެދެންވީ.؟ އަދި މިއޮތްފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކުރީމަވެސް އަގު ޖެހެނީ ބޮޑުވާންތޯ.؟ އޮޑިޓު އޮފީހުގެ ހިންގުމާއި އޮޕަރޭޝަނުގެ އެފިޝެންސީއާއި މެދު މިހާރު ޝައްކު އެބަ އުފެދޭ. ތިތަނުގެ އޯޕެކުސް އަދި ކެޕެކުސް ދިރާސާ ކޮށއ އެސެސްމަންޓެއް ހަދައި ތިތަނުގެ ޚަރަދުބަރަދު ބޮޑުތަނުން ކުޑަ ކުރެވެން އެބަޖެހޭ. ތިއީ ކަމާއި ނުބައްދަލު ޚަރަދެއް.
comment ހަސަން ޒިޔަތު
9 month 4 week ago
ޚަރަދު ކުޑަކުރަން ޖެހޭކަމަށް ބުނާ އަހަރެއްގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުވެސް މިވީ ބޮޑު. އާންމު ބަޖެޓާއި ރިކަރަންޓް ޚަރަދުވެސް މިވީ ބޮޑު. ކިހިނެއް ޚަރަދު ކުޑަކުރާނީ....