ވައިގެ މަގުން އެތެރެކުރަން އުޅުނު 2.5 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި

ކަސްޓަމްސްއިން މީގެ ކުރިން އަތުލައިގަތް މަސްތުވާތަކެތި: ވައިގެ މަގުން އެތެރެކުރަން އުޅުނު 2.5 މިލިއަން ރުފިޔާގެ ކޮކެއިން އަތުލައިގެންފި --- ފޮޓޯ: ކަސްޓަމަސް

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު އެއް ކިލޯގެ ކޮކެއިން، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސް އިން ނެރުނު އިއުލާނެއްގައި ބުނީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އެގޮތުން އެތަކެތި އަތުލައިގަނެފައި ވަނީ އޭޕްރީލް 27، 2025 ވަނަ ދުވަހު ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެގޮތުން އަތުލައިގަތް މަސްތުވާތަކެތި ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން 'ކޮކެއިން' އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ އެ ތަކެތީގެ ބަރުދަނުގައި ފެކިންއާއެކު ޖުމްލަ، 1،020 ގްރާމް ހުރި ކަމަށެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 2.5 މިލިއަން ދިވެހި ރުފިޔާކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށެވެ.

comment ކޮމެންޓް