ދިރާގުން އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން, ހަމައެކަނި ރީލޯޑު ކުރުމުން 10،000 ރުފިޔާއާއި މޯލްޑިވިއަންގެ 10،000 ރުފިޔާގެ ޑޮމެސްޓިކް ޓްރެވެލް ވައުޗަރެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
ދިރާގުން ބުނީ މިއީ ހަފުތާއަކު ޖުމްލަ 300 ރުފިޔާއަށް ވުރެ ގިނައިން ރީލޯޑްކުރާ ނުވަތަ ޑޭޓާ އެޑް-އޮން އެކްޓިވޭޓްކުރާ ޕްރިޕެއިޑް ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުގެ ނަސީބުވެރިންނަށް އަގުހުރި އިނާމުތައް ލިބޭނެ ޕްރޮމޯޝަނެއް ކަމަށެވެ.
އެ ޕްރޮމޯޝަންގެ ދަށުން ހަފުތާއަކު 300 ރުފިޔާއަށް ވުރެ ގިނައިން ރީލޯޑް ކުރާ ކޮންމެ ކަސްޓަމަރަކަށް 10،000 ރުފިޔާ ނުވަތަ މޯލްޑިވިއަންގެ 10،000 ރުފިޔާގެ ޑޮމެސްޓިކް ޓްރެވެލް ވައުޗަރެއް ލިބޭނެއެވެ.
އަދި މީގެ އިތުރުން ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން 20 ރުފިޔާއިން މަތިން ކުރާ ކޮންމެ ރީލޯޑަކަށް 1ޓީބީ އާ ހަމައަށް ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. އެ ކުންފުނިން ވަނީ އެެއީ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ލިބޭ ރަނުގެ ފުރުސަތެއްކަން ފާހަގަކޮށްފައެވެ.

ދިރާގުން 10،000 ރުފިޔާގެ މޯލްޑިވިއަން ޑޮމެސްޓިކް ޓްރެވަލް ވައުޗާއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި -- ފޮޓޯ/ ދިރާގު
އަންނަ ޖޫން މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަނުގައި ދިރާގުއެޕާއި ދިރާގުޕޭގެ މައިއެކައުންޓް ނުވަތަ ދިރާގުގެ ޕާޓްނާ ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެން ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ހުޅުވާލައިފައެވެ.
އަދި އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ޚާއްސަކޮށްގެން، ތަފާތު ޑޭޓާ އެލަވަންސްތަކާއި ވެލިޑިޓީ އިހްތިޔާރުކުރެވޭ ގޮތަށް އެކިއެކި ޕްރިޕެއިޑް ޕްލޭންތައް ދިރާގުން ފޯރުކޮށްދެމުން ދާކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.