ޑިޒްނީން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ޑެމީ ލޮވާޓޯ ކައިވެނި ކޮށްފިއެވެ.
ޑިޒްނީގެ ހިޓް އުފެއްދުންތައް ކަމަށްވާ "ކޭމްޕް ރޮކް" އާއި "ސޮނީ ވިތު އަ ޗާންސް" ފަދަ އުފެއްދުންތަކުން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ޑެމީ އާންމުންގެ ތެރޭގައި ވަރުގަދަ ނަމެއްގެ ގޮތުގައި ހިމެނުނީ އޭނާގެ ލަވަކިޔުމުގެ ކެރިއަރުގެ ސަބަބުންނެވެ.
މިހާރުވެސް މިއުޒިކް ދާއިރާގައި މަސައްކަތް ކުރާ، 32 އަހަރުގެ ޑެމީ ކައިވެނި ކޮށްފައިވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ޖޯޑަން ލޫޓްސް (ޖޫޓްސް) އާއެވެ. ދެމީހުން ދާދިފަހުން ކައިވެނިކޮށް ކައިވެނީގެ ހަފުލާއެއް ބާއްވާފައި ވެއެވެ. މި ހަފުލާގައި ޑެމީ އާއި ޖޫޓްސްގެ އާއިލާ އާއި އެކުވެރިން ބައިވެރިވެފައިވެއެވެ. މި އިވެންޓު ބާއްވާފައިވަނީ ކުޑަ ރަސްމިއްޔާތަކާއެކުގައެވެ.
ޖޫޓްސް އަކީ ކެނެޑާއަށް ނިސްބަތްވާ މިއުޒިކް އާޓިސްޓެކެވެ. ދެމީހުން ދިމާވެފައިވަނީ 2022ވަނަ އަހަރު ކޮންސާޓެއްގެ ތެރެއިންނެވެ. ދެމީހުން ބައްދަލުވިއިރު ވެސް ޖޫޓްސް އަކީ ޑެމީގެ ފޭނެކެވެ.
ދެމީހުން ދިމާވެ ލޯބީގެ ގޮތުން ގުޅިގެން އުޅެ އެންގޭޖު ވެފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. އެންމެފަހުން ދެމީހުން ކައިވެނި ކޮށްފައިވަނީ، މިއީ ދެމީހުން ދެކޭގޮތުގައި އެކަމަށް އެންމެ އެކަށީގެންވާ ވަގުތުކަމަށް ވާތީއެވެ. ދެމީހުންގެ ކައިވެންޏާ ގުޅިގެން ޑެމީ ހުރީ މީގެ ކުރީން ދުވަހަކުވެސް ނުވާހާ އުފާ ވެފައި ކަމަށް އޭނާ ބުނެއެވެ.
މިފަދަ ދުވަހެއް ފެންނާނެ ކަމަކަށް ޑެމީ އުއްމީދު ވެސް ނުކުރާ ކަމަށް އޭނާ ބުނެފައިވެއެވެ.
މީގެކުރިން ވެސް ޑޭމީ ވަނީ އެންގޭޖުވެފައެވެ. އެންގޭޖުވުމަށްފަހު ކައިވެނި ކުރަން ކައިވެރިވެފައި ވަނިކޮށް އެފަހަރު އޭނާގެ ބައިވެރިޔާ ޑެމީ ދޫކޮށް ދިޔައީއެވެ. އެކަމާ ގުޅިގެން ދެވަނަ ފަހަރަށް ކައިވެއްޏެއް ކުރުމަށް ރެޑީ ނޫން ކަމަށް އޭނާ ބުނެފައިވެއެވެ.