އަދިތިޔާއާއި ސާރާގެ ކެމިސްޓްރީއަށް ސަމާލުކަން

ޑައިރެކްޓަރު އަނޫރާގު ބާސޫގެ ފިލްމު "މެޓްރޯ އިން ދިނޯ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

އެކި ޢުމުރުފުރާގެ ފިލްމީ ތަރިން ކާސްޓުގައި ހިމެނޭ މި ފިލްމުގެ ޓްރެއިލާއާ އެކު ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް ޖޯޑަކީ ބަތަލާ ސާރާ އަލީ ޚާން އަދި އަދިތިޔަ ރޯއި ކަޕޫރެވެ. ސާރާ އަލީ ޚާން ވަރަށް ތަފާތު ލުކްއެއްގައި މި ފިލްމުން ފެންނައިރު ބަތަލާގެ އުމުރަށްވުރެ މާ ދޮށިކަމަށް ދައްކާ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ހަމައެއާއެކު އަދިތިޔާ އާއި ސާރާ އެކީގައި އަލަށް ސްކްރީނުން ފެންނަ މި ފިލްމުގެ ޕްރޮމޯޝަންތަކުގައި ވެސް ދެ މީހުން ވަރަށް އެކީގައި އުޅޭ މަންޒަރާ އެކު ދެ މީހުންގެ ކެމިސްޓްރީ ވަރަށް ގުޅޭ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

ފިލްމު "މެޓްރޯ އިން ދިނޯ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

މި އަންނަ މަހުގެ ހަތަރުވަނަ ދުވަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ "މެޓްރޯ އިން ދިނޯ"ގެ ކާސްޓުންގެ ތެރޭ އަނޫޕަން ހޭރު، ޕަންކަޖް ޓްރިޕާތީ، ކޮންކޮނާ ސެން ޝަރުމާ، އަދިތިޔާ ރޯއި ކަޕޫރު، ސާރާ އަލީ ޚާން، ފާތިމާ ސަނާ ޝައިހް، އަލީ ފަޒަލް އަދި ނީނާ ގުޕްތާ ހިމެނެއެވެ.

މިއިން ކޮންމެ ފިލްމީ ތަރިއެއްގެ ވެސް އަމިއްލަ ދިރިއުޅުމުގައި ކުރެވޭ ލޯބީގެ ތަޖުރިބާތައް މި ފިލްމުން ފެންނާނެއެވެ.

މި ފިލްމަކީ، ބުޝަން ކުމާރުގެ ޓީ-ސީރީސްއިން 2007 ވަނަ އަހަރު ގެނެސްދިން އެންތޮލޮޖީ ފިލްމު "ލައިފް އިން އަ މެޓްރޯ"އާ ގުޅުވައިގެން ގެނެސްދޭ ސީކުއަލްއެކެވެ. ފިލްމު "ބަރުފީ"ގެ ޑައިރެކްޓަރު އަނުރާގު އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2020 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ލޫޑޯ"އެވެ.

comment ކޮމެންޓް