ބީޓީއެސް އަންނަ އަހަރު އެނބުރި އަންނަނީ

ދެކުނު ކޮރެއާގެ މަޝްހޫރު ބޭންޑް ގްރޫޕް ބީޓީއެސްގެ މެންބަރުން އެ ގައުމުގެ ސިފައިންގެ ޚިދުމަތަށް ފަހު އަލުން ގްރޫޕު އެކުލަވާލަން ތައްޔާރުވެއްޖެއެވެ.

އުމުރުން 30 އަހަރުގެ ހުރިހައި ފިރިހެނުން ސިފައިންގެ ޚިދުމަތާ ގުޅި، ދެ އަހަރަށް ޚިދުމަތްކުރަން ޖެހޭނެކަމަށް ދެކުނު ކޮރެއާގެ ގާނޫނުން ލާޒިމުކުރެއެވެ.

ގްރޫޕުގެ އެންމެ ދޮށީ މެމްބަރު ޖިންއަށް 30 އަހަރު ވާން ކައިރި ވެފައިވާތީ ހުރިހާ މެމްބަރުންވެސް ހިދުމަތަށް ދިނުމަށް ނިންމައި ގްރޫޕު ބޮޑު ބްރޭކެއް ނަގާފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރުގައެވެ.

މިހާރު ގްރޫޕުގައި ތިބި ހުރިހާ މެމްބަރުން ވަނީ ދެ އަހަރުގެ ހިދުމަތް އަދާކޮށްފައެވެ. އެ ގްރޫޕުގެ އެންމެ ހަގު މެމްބަރު ޝުުގާ އޭނާގެ ހިދުމަތުގެ މުއްދަތު ހަމަވެފައިވަނީ އިއްޔެ އެވެ. އެއާއެކު ހުރިހާ މެމްބަރުންގެ ދެ އަހަރު ހަމަވެ އެންމެން ވަނީ ގެއަށް ގޮސްފައެވެ.

ބީޓީއެސްގެ ރެކޯޑް ލޭބަލް ބިގް ހިޓް އެންޓަޓެއިންމެންޓުން އެއާއެކު ގްރޫޕު އެނބުރި އަންނަން ތައްޔާރުވާކަން ހާމަކޮށްފައިވެއެވެ. ބިގް ހިޓުން ބުނާގޮތުގައި އަންނަ އަހަރުގެ ތެރޭގައި ގްރޫޕު އަލުން އެކުލަވާލައި ފުރަތަމަ ސިންގަލް ނެރުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މައުލޫމާތު ލިބޭގޮތުގައި އަންނަ އަހަރު ގްރޫޕު އަންނަ އިރު ޓުއާއެއް ވެސް ފަށާނެއެވެ.

ރެކޯޑް ލޭބަލް އިން ސީދާ ތާރީހެއް ހާމަކޮށްފައި ނުވި ނަމަވެސް ކުރިއަށް އޮތް މަހެއް އަދި ދެ މަހެއްގެ ތެރޭގައި ފޭނުންނަށް އުފާވެރި އެތައް ހަބަރެއް ދޭނެ ކަމަށް ޔަގީންކަން ދީފައިވެއެވެ. މައުލޫމާތު ލިބޭގޮތުގައި ބައެއް މެމްބަރުން މިހާރު ތައްޔާރުވަމުން އަންނަނީ ސޯލޯ ސިންގަލް ނެރޭށެވެ.

comment ކޮމެންޓް