އެކްޓަރު ކާތިކް އާރްޔަން ދަރުމާ ޕްރޮޑަކްޝަންސްއަށް ކުޅޭ ފިލްމު "ތޫ މެރީ މޭ ތެރާ، މޭ ތެރާ ތޫ މެރީ"ގެ ފިލްމުގެ ޓީމާ އެކްޓަރު ޖެކީ ޝްރޮފް ގުޅިއްޖެއެވެ.
ބަތަލާ އަނަނިޔާ ޕާންޑޭއާ އެކު ކާތިކް ލީޑް ރޯލްއިން ފެންނާ މި ހެއްވާ މަޖާ ފިލްމަށް ޖެކީ ސޮއިކުރުމުން ކާތިކް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެކްޓަރަށް މަރުހަބާ ކިޔާފައެވެ. މި ފިލްމުގެ ފަސްޓް ލުކް ތަންކޮޅެއް ކުރިން ބެލުންތެރިންނަށް ދައްކާލާފައިވާއިރު އެއް މަސް ދުވަހުގެ މުއްދަތަކަށް ކްރޮއޭޝާގައި ފިލްމުގެ ޝޫޓިންގް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަނަނިޔާ އާއި ކާތިކް ވަނީ 2019 ވަނަ އަހަރު ރިލީޒްކުރި ހެއްވާ މަޖާ ފިލްމު "ޕަތީ ޕަތުނީ އޯރު ވޯ"ގައި ވެސް އެކީގައި މަސައްކަތްކޮށްފައެވެ. ނަމަވެސް މިއީ ޖެކީ އާއި ކާތިކް އެކީގައި ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

ބަތަލާ އަނަނިޔާ ޕާންޑޭ އަދި ކާތިކް އާރްޔަން ފިލްމު "ތޫ މެރީ މޭ ތެރާ، މޭ ތެރާ ތޫ މެރީ"ގެ ޕޯސްޓަރެއްގައި--ފޮޓޯ/ޕިންކްވިލާ
އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ސަމީރު ވިދުވާންއެވެ. ސަމީރު ވިދުވާނަކީ ނަދިއަދުވާލާ ގްރޭންޑްސަންއިން ގެނެސްދިން ކާތިކްގެ ފިލްމު "ސަތިޔަ ޕްރޭމް ކީ ކަތާ"ގެ ވެސް ޑައިރެކްޓަރެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ސިނަމާއަށް ގެނެސްދިން އެކްޓަރު ޖެކީ ޝްރޮފް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި ފިލްމު "ހައުސްފުލް 5"އިންނެވެ. ޖެކީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި އަނޫޕަމް ހޭރް ޑައިރެކްޓްކޮށްފައިވާ ފިލްމު "ތަންވީ ދަ ގްރޭޓް"ގެ ރޯލަކުންނެވެ.