މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު މަސްވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ބުނީ މިއީ ޓްރާންސްފޯމް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ދިވެހި ސަރުކާރާއި ވާލްޑް ބޭންކާއި ގުޅިގެން ހިންގާ ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ހުޅުވާލި ފުރުސަތުތަކެއްކަމަށެވެ.
މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާސްޓާސް ޑިގްރީގެ ހަތަރު ކޯހަކާއި ބެޗްލާސް ޑިގްރީ ތިން ކޯހަކަށެވެ.
މާސްޓާސް ޑިގްރީ ހެދުމަށް ހުޅުވާލާފައިވާ ދާރާތަކަކީ:
- ސަސްޓައިނަބްލް އެކުއަކަލްޗާ
- އެކުއަކަލްޗާ ނިއުޓްރިޝަން
- އެކުއަކަލްޗާ އިންޖިނިއަރިން
- އެކުއާޓިކް ހެލްތު
- ޕެތޮލޮޖީ
- މާކެޓިން
- ފިޝަރީޒް
- އޯޝަން
- މެރިޓައިމް ލޯ
ބެޗްލަާސް ޑިގްރީ ހެދުމަށް ހުޅުވާލާފައިވާ ދާއިރާ:
- މައިކްރޯބަޔޮލޮޖީ
- ފިޝަރީޒް ސައިންސް
މި ކޯސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި މި ސްކޮލާޝިޕްތައް ކުރިއަށްދާނީ އޭޝިއާ، އެސްޑަބްލިއުއައިއޯއެފްސީ މެމްބަރު ޤައުމުތަކާއި، އޯއީސީޑީ ޤައުމުތަކުގައެވެ.
މި ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އަންނަ މަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ކުރި އިއުލާންގައި ބުނާގޮތުން މި ހުޅުވާލި ސްކޮލަޝިޕްތަކުގައި ކޯސް ފީގެ އިތުރުން އެހެނިހެން އެލަވަންސްތައް ލިބޭނެއެވެ.