އުރީދޫގެ 'ޓެކްސްޓް އަ ކޮފީ' މުއާމަލާތެއް ކޮށްގެން 20 ރުފިޔާގެ ކޭޝްބެކް ލިބޭ ޕްރޮމޯޝަނެއް

އުރީދޫއިން "ޓެކްސްޓް އަ ކޮފީ"އަށް 20ރ ގެ ކޭޝްބެކްއެއް: މާދަމާގެ ނިޔަލަށް މި ޕްރޮމޯޝަން ކުރިއަށްދާނެ -- ފޮޓޯ/ ސީއެމް

އުރީދޫ މޯލްޑިވްސްއިން އިއުލާނުކުރި އާ ޕްރޮމޯޝަނެއްގެ ދަށުން، "ޓެކްސްޓް އަ ކޮފީ" މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ޚާއްސަ ކޭޝްބެކް ފައިސާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން 50 ރުފިޔާއަށްވުރެ މަތީގެ ކޮންމެ "ޓެކްސްޓް އަ ކޮފީ" މުއާމަލާތަކަށް ކަސްޓަމަރުންނަށް 20 ރުފިޔާ އެމް ފައިސާ ކޭޝްބެކް ލިބޭނެއެވެ.

އުރީދޫއިން ދިން މައުލޫމާތުގައިވާ ގޮތުން މި ޚާއްސަ އޮފާ، މާދަމާއާ ހަމައަށް ހިނގާނެއެވެ.

އުރީދޫއިން ބުނީ "ޓެކްސްޓް އަ ކޮފީ" ޕޯޓަލްގައި ހިމެނޭ ހުރިހާ ވެންޑަރުންނަށް ވެސް މި ކޭޝްބެކް ލިބޭނެ ކަމަށާއި، އުރީދޫގެ ހުރިހާ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ޕްރޮމޯޝަނާއެކު އުރީދޫގެ އަމާޒަކީ އަގުހުރި އިނާމުތަކާއެކު ޑިޖިޓަލް ދުނިޔޭގައި ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޕްރޮމޯޝަންގެ ދަށުން 50 ރުފިޔާއަށް ވުރެ މަތިން "ޓެކްސްޓް އަ ކޮފީ" ގެ މުއާމަލާތެއް ހިންގާ ކަސްޓަމަރުންނަށް 24 ގަޑިއިރު ތެރޭގައި އޮޓޮމެޓިކުން އެމް ފައިސާ ވޮލެޓަށް 20 ރުފިޔާގެ ކޭޝްބެކް ޖަމާވާނެއެވެ. ނަމަވެސް ހަފުތާ ބަންދުގައި ކުރާ މުއާމަލާތްތަކަށް ކޭޝްބެކް ޖަމާވާނީ ޖެހިގެން އަންނަ ދުވަހެވެ.

"ޓެކްސްޓް އަ ކޮފީ" ފޮނުވުމުން ޕްރީޕެއިޑް ކަސްޓަމަރުންގެ މޮބައިލް ބެލެންސުން ފައިސާ އުނިވާއިރު، ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ މަހު ބިލަށް ޗާޖު ވެގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

ޚާއްސަގޮތެއްގައި، އެމް ފައިސާ ވޮލެޓެއް ނެތް ކަސްޓަމަރުންނަށް ވެސް މި އޮފާގައި ބައިވެރިވެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ. އެފަދަ ކަސްޓަމަރުންގެ ވޮލެޓް އެކްޓިވޭޓްކޮށް 10 ދުވަހުގެ ތެރޭގައި މުއާމަލާތެއް ނިންމައިފިނަމަ، ކޭޝްބެކް ފައިސާ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި 20 ރުފިޔާގެ ކޭޝްބެކް އެމް ފައިސާ ބަލައިގަންނަ ހުރިހާ ތަނަކުން ވެސް އަދި ރުފިޔާ ޓްރާންސްފާ ކުރުމަށް ވެސް ބޭނުން ކުރެވޭނެއެވެ. މިއީ އުރީދޫގެ ޑިޖިޓަލް ވޮލެޓްގެ ފަސޭހަކަން ކަސްޓަމަރުންނަށް އިތުރަށް ތަޖުރިބާ ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އުރީދޫއިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް