އެއްލައްކަ ރުފިޔާއާއެކު މަސްތުވާތަކެތި ޓްރެފިކްކުރާކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

ޝަހީދު ހުސައިން އާދަމް ބިލްޑިން: އެއްލައްކަ ރުފިޔާއާއެކު މަސްތުވާތަކެތި ޓްރެފިކްކުރާކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި -- ސަން ފޮޓޯ/ ނާޢިޝް ނާހިދު

އެއްލައްކަ ރުފިޔާއާއެކު މަސްތުވާތަކެތި ޓްރެފިކްކުރާކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތުގައި އުމުރުން 23 އަހަރުގެ ޒުވާނަކު ވަނީ ހައްޔަރު ކޮށްފައެވެ. އެހެންނަމަވެސް އެ ޒުވާނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ މިއަދު މާލޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި އެޕާޓްމަންޓަކާއި ދެ ސައިކަލު ބަލާފާސްކުރުމަށް ފަހުއެވެ.

އެ އޮޕަރޭޝަންގެ ތެރެއިން 1،227.9 ގްރާމުގެ މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗަކާއި، 101،550 ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ތަހުގީގަށް މިހާރު ވަނީ އެ ދެ ސައިކަލު ޓޯކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތީގެ މައްސަލަތައް ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާއިރު، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނާއި ކުޑަކުދިންގެ ނިސްބަތް ވެސް އިތުރެވެ.

comment ކޮމެންޓް