ބީއެމްއެލް މާސްޓާކާޑުން އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި

ބީއެމްއެލް މާސްޓާކާޑުން އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އޮސްޓްރޭލިއާގެ މެލްބަންގައި ބާއްވާ 'އޮސްޓްރޭލިއަން އޯޕަން ފައިނަލް' ބަލައިލަން ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އޮސްޓްރޭލިއަން އޯޕަން ފައިނަލަކީ ކޮންމެ އަހަރަކު ވެސް 'ޓެނިސް އޮސްޓްރޭލިއާ'އިން އޮސްޓްރޭލިއާގެ ވިކްޓޯރިއާގެ މެލްބަން ޕާކުގައި ބާއްވާ ޓެނިސް މުބާރާތެކެވެ.

ބޭންކުން ބުނީ އެއީ އަންނަ އަހަރު ޖަނަވަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ހަރަކާތެއް ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން އޮކްޓޫބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުގައި ދޫކޮށްފައިވާ މާސްޓާކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިވެވޭނެ ކަމަށެވެ.

ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އިތުރު އެކަކާއެކު ހަތަރު ދުވަހުގެ ދަތުރެއް ލިބިވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ދެ މީހުންގެ ދަތުރު ޓިކެޓް، ހުރުމާއި ކެއުމުގެ އިތުރުން ފައިނަލް މެޗުތަކުގެ ޓިކެޓް ހިމެނޭނެ ކަމަށް ބޭންކުން ބުންޏެވެ.

މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ބައިނަލްއަގްވާމީ މިފަދަ ތަޖުރިބާތައް ހޯދައިދިނުމުގެ ގޮތުން ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފްކުރި ޕްރޮމޯޝަނެއް ކަމަށް ބޭންކުން ބުންޏެވެ.

comment ކޮމެންޓް