އަކްޝޭ އާއި އަރުޝަދުގެ ފިލްމު 'ޖޮލީ އެލްއެލްބީ 3'ގެ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑްގެ އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރު އަދި އަރުޝަދު ވަރްސީ މުހިއްމު ރޯލް ކުޅޭ ފިލްމު "ޖޮލީ އެލްއެލްބީ 3"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

މި މަހުގެ 19 ވަނަ ދުވަހު ސިނަމާތަކަށް ގެންނަ "ޖޮލީ އެލްއެލްބީ 3"އަކީ ޑައިރެކްޓަރު ސުބާޝް ކަޕޫރު ގެނެސްދެމުން އަންނަ ލީގަލް ޑްރާމާ "ޖޮލީ އެލްއެލްބީ"ގެ ދަށުން ގެނެސްދޭ ފިލްމެކެވެ.

ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ހޯދަމުން އަންނަ މި ލީގަލް ޑްރާމާ ފްރެންޗައިސްގެ ދެވަނަ ބައި ބެލުންތެރިންނަށް ގެނެސްދިނީ 2017 ވަނަ އަހަރުއެވެ.

މި ފިލްމުގެ ދެވަނަ އަދި ތިން ވަނަ ބައިގެ މުހިއްމު ރޯލްއިން އަކްޝޭ ފެންނައިރު މި ފްރެންޗައިސްގެ ފުރަތަމަ ފިލްމުގެ ކާސްޓުގައި އަކްޝޭ ނުހިމެނެއެވެ.

ފިލްމު "ޖޮލީ އެލްއެލްބީ 3"ގައި އަކްޝޭ އާއި އަރުޝަދު--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "ޖޮލީ އެލްއެލްބީ 3"ގައި އަކްޝޭ އާއި އަރުޝަދާ ދެމެދު ވަރަށް ވަރުގަދަ ކޮމެޑީ ބަދަލުވުންތަކެއް ބަދަލުކުރެވޭނެއިރު ފިލްމުގެ ބޮޑު ބައެއް ގެނެސްދޭނީ ކޯޓު ރޫމްގައެވެ. ގާނޫނީ ގޮތުން ވަކާލާތުކުރާ ކޯޓު މައްސަލައަކާ ގުޅިގެން ގެނެސްދޭ ހެއްވާ މަޖާ ހާދިސާތަކުގެ ސަބަބުން ކޯޓުގެ ފަނޑިޔާރުގެ ކެރެކްޓާ ކުޅޭ ސޯރަބް ޝުކްލާގެ ރުޅި ކޮންޓްރޯލްކުރަން އުނދަގޫވާ ހިސާބަށް ކަންކަންދާ މަންޒަރު ފިލްމުގެ ޓްރެއިލާއިން ބެލުންތެރިންނަށް ވަނީ ފެނިފައެވެ.

މި ފްރެންޗައިސްގެ ތިން ވަނަ ބައިން ފެންނާނެ އިތުރުން ތަރިންގެތެރޭ ކުރީގެ ދެ ފިލްމުގެ މުހިއްމު ރޯލްއިން ފެނުނު ބަތަލާއިން ކަމަށްވާ ހުމާ ގުރައިޝީ އަދި އަމްރީތާ ރާއޯ ހިމެނެއެވެ.

މި ފިލްމުގެ މުހިއްމު ރޯލް ކުޅޭ އަކްޝޭ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ ޖޫން މަހު ސިނަމާތަކުގައި އެޅުވި ފިލްމު "ހައުސްފުލް 5"އިންނެވެ.

comment ކޮމެންޓް