އަނަނިޔާއާއި ކާތިކްގެ ފިލްމު އަވަސްކޮށްފި

ދާދި ފަހުން ޝޫޓިން ނިންމާލިކަން އިއުލާނުކުރި ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ރިލީޒްކުރާ ތާރީޚު އަވަސްކޮށްފިއެވެ.

ފިލްމީ ތަރިން ކަމަށްވާ އަނަނިޔާ ޕާންޑޭއާއި ކާތިކް އާރިޔަން އެކީގައި ކުޅޭ ދެވަނަ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ"އަކީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންއިން ގެނެސްދޭ ރޮމޭންޓިކް ކޮމެޑީއެކެވެ.

މި ފިލްމު ކުރިން ސިނަމާތަކަށް ގެންނާނެކަމަށް ބުނެފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހެވެ. ނަމަވެސް، ދަރުމާއިން އިއްޔެ އިއުލާނުކޮށްފައިވާ ގޮތުން ފިލްމު މިހާރު ބެލުންތެރިންނަށް ގެނެސްދޭނީ މި އަހަރުގެ ޑިސެންބަރު މަހުގެ 31ގައެވެ.

ކާތިކް ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ"ގެ ސެޓުގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ކާތިކް އާރްޔަން ފުރަތަމަ ފަހަރަށް ފެންނާނެ ދަރުމާ ޕްރޮޑަކްޝަންސްގެ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ސިނަމާތަކަށް ގެންނަ ތާރީޚު އިއުލާނުކޮށްފައިވާއިރު ކުރިން ފިލްމު ގެންނަން ނިންމި ތާރީޚުގައި އެކްޓަރު ޝާހިދު ކަޕޫރުގެ ފިލްމު "އޯ ރޯމިއޯ" ވަނީ ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައެވެ.

ބެލެވޭގޮތުގައި ކާތިކާއި އަނަނިޔާގެ ފިލްމު ރިލީޒްކުރުން އަވަސް ކުރުމަށް ނިންމި ނިންމުމަކީ ޝާހިދުގެ ފިލްމު ފެބްރުއަރީ މަހު ރިލީޒްކުރާނެކަން އިއުލާނުކުރުމާ ގުޅިގެން ނިންމި ނިންމުމެކެވެ. ވަރަށް ތަފާތު ރޮމޭންޓިކް ކޮމެޑީއެއް ކަމަށްވާ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ"ގެ ވަރަށް ބޮޑު ބައެއް ޝޫޓްކޮށްފައިވަނީ ޔޫރަޕްގައެވެ.

ޖުމްލަ 50 ދުވަސްތެރޭ ފިލްމުގެ މަސައްކަތް ނިންމާލިއިރު މި ފިލްމުގެ ސެޓުގައި ހޭދަކުރެވުނު ދުވަސްތަކަކީ ވަރަށް އުފާވެރި ހަނދާނުން ފޮހެލަން ދަތި ދުވަސްތަކެއް ކަމަށް ކާތިކް ވަނީ ބުނެފައެވެ.

comment ކޮމެންޓް