މީޑިއާ ބިލު ތަސްދީގުނުކުރަން ގޮވާލައި، ލަންކާގެ ނޫސްވެރިން ވެސް އިހުތިޖާޖުކޮށްފި

މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގުނުކުރަން ގޮވާލައި ސްރީލަންކާގެ ނޫސްވެރިން ރާއްޖޭގެ ހައިކޮމިޝަން ކުރިމަތީ އިހްތިޖާޖުކުރަނީ --- ފޮޓޯ: މޫސާ ރަޝީދު

ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގުނުކުރަން ގޮވާލައި، އަވަށްޓެރި ސްރީލަންކާގެ ނޫސްވެރިން ސުލްހަވެރި އިހްތިޖާޖެއް ކޮށްފިއެވެ.

ލަންކާގެ 20އަކަށް ނޫސްވެރިން އެ އިހްތިޖާޖު ބޭއްވީ ވެރިރަށް ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން ކުރިމަތީގައެވެ. އެ ނޫސްވެރިން ވަނީ، މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގުނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވައިފައެވެ.

"ސަބަބަކީ ބިލު ތަސްދީގުކޮށްފިނަމަ ރާއްޖޭގެ މީޑިއާގެ މިނިވަންކަން ގެއްލޭނެތީ، ކުރިއަށް ދެވޭނީ މީޑިއާގެ މިނިވަންކަން އޮންނަ ނަމަ، އެހެންނޫން ނަމަ ރާއްޖޭގެ ޑިމޮކްރަސީއަށްވެސް އެކަމުގެ އަސަރުކުރާނެ،" މި އެއްވުމުގައި ބައިވެރިވި ސްރީލަންކާގެ ނޫސްވެރިއެއް ކަމަށްވާ އަރޯޝާ ފެނާންޑޯ ބުންޏެވެ.

ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ)އިން ވެސް ވަނީ ބިލު ތަސްދީގުނުކުރަން ރައީސަށް ގޮވާލައިފައެވެ.

އެ ޖަމިއްޔާއިން ބުނީ، ބިލުގެ ސަބަބުން ނޫސްވެރިން މިނިވަންކަމާއެކު މަސައްކަތްކުރުމަށް ހުރަސްއެޅި ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި މީޑިއާތައް ހިންގުމަށް މަޖުބޫރުވާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު އިއްޔެ ފާސްކުރީ ގިނަ އަދަދެއްގެ ނޫސްވެރިން ދެކޮޅު ހަދަހަދާ ތިއްބައި، ދައުރުން ބޭރުން ޚާއްސަ ޖަލްސާއެއް ބާއްވައިގެންނެވެ.

ބިލަށް އިސްލާހުތަކެއް ގެނައި ނަމަވެސް ނޫސްވެރިން އިހުތިޖާޖުކުރަނީ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެއެވެ. އެ ގޮތުން، ނޫސްވެރިން ވަނީ ބިލު ބޭރުކޮށްލަން ގޮވާލާފައެވެ. އަދި، ބިލު މަޖިލީހުން ފާސްކުރި ނަމަވެސް އެ ބިލު ތަސްދީގުނުކުރައްވަން ނޫސްވެރިން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލަމުންނެވެ.

https://sun.mv/211396

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވީ، ސަރުކާރާ ގުޅުން އޮންނަ، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެ ބިލު އެންމެ ފުރަތަމަ ހުށަހެޅުއްވިއިރު ހުރީ 'ކޮންޓްރޯލް ކުރުމުގެ' ސިފަތަކެއް ކަމަށެވެ. ނަމަވެސް، އެ ސިފަތައް ބިލުން ކަނޑުވާލައި މިހާރު އެއީ މީޑިއާތައް ރެގިއުލޭޓުކުރާ ބިލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މީޑިއާ ބިލު އެންމެ ފުރަތަމަ ފެނިވަޑައިގެން ދުވަހު، އެއީ އެންމެ ފަހުގެ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ތައްޔާރުކުރި ބިލު މިކްސްއެއް ކަމަށެވެ.

https://sun.mv/211439

އެ ކަމާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކޮށް، ބިލާ ގުޅިގެން ގިނަ ކަންބޮޑުވުންތައް ހުރި ކަމަށް ވިދާޅުވެފައިވާނެ ކަމަށާއި، އެގޮތުން ބިލު ފާސްވެގެން އަންނައިރު މަގާމުގައި ހުންނެވި ނަމަ، ކަންބޮޑުވުންތަކަށް ހައްލުހޯދައިދޭނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް