ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި އެންމެ އަގުބޮޑު ބަތަލާއިންގެ ތެރޭގައި ހިމެނޭ ނަޔަންތާރާ، ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.
ބެލެވޭގޮތުގައި ނަޔަންތާރާ ރާއްޖެ އައިސްފައިވަނީ މިދިޔަ ހަފުތާ ބަންދުގެ ތެރޭގައެވެ. ނަމަވެސް، އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަކަން ހާމަކޮށްފައިވަނީ އިއްޔެ ސޯޝަލް މީޑިއާއަށް ދޫކޮށްލި ހިތްގައިމު ފޮޓޯތަކުންނެވެ.
ނަޔަންތާރާ އާއި ފިރިމީހާ ވިގްނޭޝް ޝިވަންގެ މި ދަތުރަކީ ވިގްނޭޝްގެ އުފަންދުވަސް ފާހަގަކުރުގެ ގޮތުން ކުރި ދަތުރެކެވެ.
އާއިލާއާއެކު ކުރި މި ދަތުރުގައި ނަޔަންތާރާގެ ދެމަފިރިން ޗުއްޓީ ހޭދަކޮށްލުމަށް މަޑުކޮށްލައިގެން ތިބީ އުތުރު މާލެ އަތޮޅު ފަރި އައިލެންޑްސްގައި އޮންނަ ލަގްޒަރީ ރިސޯޓެއް ކަމަށްވާ "ޕަޓީނާ މޯލްޑިވްސް"ގައެވެ.
ނަޔަންތާރާ ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި--ފޮޓޯ/އިންސްޓަގްރާމްރާއްޖޭގެ ހިތްގައިމު ގޮނޑުދޮށުގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ނަޔަންތާރާ ވަނީ ފިރިމީހާއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ.
ނަޔަންތާރާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު، އޭނާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އޮގްސްޓް މަހު ސިނަމާތަކަށް ގެނައި ފިލްމުތައް ކަމަށްވާ "ޓޮކްސިކް" އަދި "ހައި"އިންނެވެ. ނަޔަންތާރާގެ ކުރިއަށްހުރި ފިލްމުތަކަށް ބަލާއިރު ސައުތު ސިނަމާގެ ހަތަރު ފިލްމެއްގެ މަސައްކަތް އޭނާ އަންނަނީ ކުރަމުންނެވެ. އަދި ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންއާ އެކު ކުޅޭ "މޮންސްޓާ" ފިލްމުގެ މަސައްކަތް ވެސް ނަޔަންތާރާ ވަނީ ފަށާފައެވެ.
ރާއްޖެއަށްކުރި މި ދަތުރު ނިންމާލުމަށްފަހު ނަޔަންތާރާ ދެން އަވަސްވެގަންނާނީ މި އަހަރު ފަށާފައިވާ ފިލްމީ މަސައްކަތްތައް ނިންމާލުމަށް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.